 
             
        
     
             
                        ފުލުހުންގެ އިދާރާގެ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށައިފި ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިދިޔަ ހުކުރު ދުވަހު ބުނީ އޮންލައިން ހިދުމަތްތައް މެދެކެނޑުނީ އެ އިދާރާގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ އިދާރާއިން މިއަދު ވަނީ ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ޚިދުމަތްތައް އަނބުރާ ލިބޭނެ ކަމަށް ބުނެފައެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            