March 12, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / ސޯޝަލް މީޑިއާ

ލުބުނާނުގެ ފަޔަރ ސްޓޭޝަންއަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި 10 މީހުން ޝަހީދުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 8, 2024, 12:16 AM
މާލެ ސިޓީ

ލުބުނާނުގެ ދެކުނުގެ ފަޔަރ ސްޓޭޝަނަކަށް ސަހްޔޫނީން ދިން ހަމަލާއެއްގައި އަލިފާން ނިއްވާ 10 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Advertisement

ހަމަލާގެ ސަބަބުން އިމާރާތް ހަލާކުވުމުގެ ކުރިން އަލިފާން ނިއްވާ މީހުން ތިބީ ބަރާޗިތު އަވަށުގެ އިމާރާތުގައި "ރެސްކިއު މިޝަންތަކަށް ނުކުތުމަށް ތައްޔާރުވަމުން" ކަމަށް މިނިސްޓްރީން ބުންޏެވެ.

ލުބްނާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދިން ސްޓޭޝަނުން އަދިވެސް އިތުރު ޒަޚަމްވެފައިވާ މީހުން ދަނީ ހޯދަމުންނެވެ.

ސަހްޔޫނީން އަންނަނީ ބެއިރުތް އަށް ވަރުގަދަ ހަމަލާތައްދީ ބެއިރޫތު އަނދާ އަޅިއަށް ހަދަމުންނެވެ. ސަހްޔޫނީން ދެމުންދާ ހަމަލާގައި އެތައް ކުޑަ ކުދިންނެއް ވަނީ މަރުވެފައެވެ.

އަނިޔާވެރި ސަހްޔޫނީންގެ ވެރިން މުސްލިމުން މެރުމަށްފަހު، ހިތްހަމަ ޖައްސާލަން ރާއްޖެއަށް އަންނަ މިންވަރު ދަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved