March 23, 2026
Advertisement
އަސުމާ ދޯނި
އަސުމާ ދޯނި / މަސްވެރިން އެމްވީ

ދިވެހި ސިފައިންދާކަމުގެ ހަބަރު ލިބުމާއެކު އިންޑިއާ މީހުން ފައިބައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 31, 2024, 11:41 PM

ދިވެހި ސިފައިންގެ އުޅަނދު ދަތުރު ފެށުމާއެކު، އދ.މަހިބަދޫ ބޯޓެއް ކަމަށްވާ އަސުރުމާ ބޯޓަށް އަރައި ތިބި އިންޑިއާ މީހުން އެ ހަބަރު ލިބުމާއެކު ބިރުން ފިލައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުން އެ މަސްވެރިކަން ކުރަމުން ދިޔަ އެ ބޯޓަށް އިންޑިއާ މީހުން ތަކެއް އަރައިފައިވަނީ، ރާއްޖޭގެ އިހުތިޞާސް ތެރެއަށް ވަދެ އުޅުން އިންޑިއާގެ މަނަވަރަކުންނެވެ.

މިކަމާއި ގުޅިގެން ސިފައިންގެ ހިދުމަތުން އެ ސަރަހައްދަށް ވަނީ އެ އިދާރާގެ އުޅަނދެއް ފޮނުވާފައެވެ.

ނަމަވެސް ސިފައިން އެސަރަހައްދަށް ދިއުމުގެ ކުރިން އިންޑިއާ މީހުންތައް އެ ބޯޓުން ފައިބައި، ފިލައިގެން ގޮސްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމީހުން ފައިބައިގެން ގޮސްފައިވަނީ ސިފައިންގެ އުޅަނދު އެ ދިމާއަށް މިސަރާބު ޖަހައިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އެ ބޯޓުގެ ފަޅުވެރިން ތުހުމަތުކުރެއެވެ.

ސޯޝަލް މިޑިއާގައި މި ހަބަރު ފެތުރުމާއެކު، ގިނަ މީހުން އަންނަނީ އެއީ އެމްޑީޕީއާއި ގުޅިގެން ދިވެހިންނަށް ބިރުދެއއްކުމަށްޓަކައި އިންޑިއާއިން ހިންގި އަމަލެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved