March 12, 2026
Advertisement
މިސައިލްތައް
މިސައިލްތައް / ސީ.އެން.އެން

ޔަމަނުން ސަހްޔޫނީންނަށް މިސައިލް ހަމަލާއެއް ދީފި

Aminath Zara
އައިމިނަތު ޒާރާ
Oct 8, 2024, 03:16 PM
މާލެ ސިޓީ

ޔަމަނުން ސަހްޔޫނީންނަށް އަމާޒުކޮށް މިއަދު މިސައިލް ހަމަލާއެއް ފޮނުވާލައިފިއެވެ.

Advertisement

މި ހަމަލާގެ ސަބަބުން ސަހްޔޫނީންގެ އަވަށެއްފައި ރޯވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔަމަނުން ސަހްޔޫނީންނަށް ފޮނުވާލި ބެެލިސްޓިކް މިސައިލް ހަމަލާއެއް އިންޓަސެޕްޓު ކުރަން އުޅުމުގެ ތެރޭގައި މިސައިލްގެ ބައެއް ބައިތައް ގުދުސްގެ ހުޅަނގުން 30 ކިލޯމީޓަރު (19 މޭލު) ދުރުގައި އޮންނަ ބެއިޓް ޝެމޭޝްގެ މަގުތަކަށް ވެއްޓުމާއި ގުޅިގެން އެއަވަށުގެ ބައެއް ސަރަހައްދު ތަކުގައި ވަނީ އަލިފާން ރޯވެފައި އެވެ.

ހަމަލާގައި ގެއްލުމެއް ނުލިބޭ ކަމަށް އެ ގައުމުން ބުނި ނަމަވެސް ހަމަލާގައި ގެއްލުންތައް ލިބުނު ކަން ހާމަކުރީ ސަހްޔޫނީންގެ އެކި މީޑިއާތަކުންނެވެ.

މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު މިއީ ޔަމަނުގެ ހޫތީން ދިން ހަމަލާއެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved