February 20, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

‏ރައީސް މުއިއްޒަކީ މި ފަހުން ފެނުނު އެންމެ ވިޔާނުދާ ވެރިޔާ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 8, 2024, 08:54 PM
މާލެ ސިޓީ

‏ރައީސް މުހައްމަދު މުއިއްޒަކީ ރާއްޖޭގައި މި ފަހުން ފެނުނު އެންމެ ވިޔާނުދާ ވެރިޔާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުން ވަރަށް އިތުބާރުކޮށް އިންރިކާބު ކުރި ވެރިއެއް ނަމަވސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އެގޮތުން ރިޔާސި އިންތިހާބުގެ ދުވަސްވަރު ވެވަޑައިގެންނެވި ވައުދާ އަދި އޭގެ ފަހުން މަޖިލިސް އިންތިހާބާ ދިމާކޮށް ވެވަޑައިގެންނެވި ވައުދުތައްވެސް އަދިވެސް ނުފުއްދަވާކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވަނީ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރައީސް މުއިއްޒު ދޮގު ހަދާކަންކަމަށެވެ.

އެގޮތުން މދިޔަ ފަސް އަހަރު އެންމެ ބުރަކޮށް ޕީޕީއެމް ޕީއެންސީއިން ކުރި މަސައްކަތަކީ ރާއްޖޭގެ ސިޔާދަތާ މިނިވަންކަން ރައްކާތެރިކުރަން ކުރި މަސައްކަތް ނަމަވެސް މިހާރު ފެންނަމުންދަނީ އެކަންކަމަށް ރައީސް މުއިއްޒު ފަސް އަޅުއްވާ މަންޒަރު ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ މި ފަހުން ފެނުނު އެންމެ ވިޔާނުދާ ވެރިޔާގެ ގޮތުގައި. މީހަކު މިހާ ނުބައި، ދޮގު ހަދާ، ދެމޫނުގެ ވެރިޔަކަށް ވެދާނެކަމީ ތަސައްވުރުކުރެވުނުކަމެއް ނޫން

ޑރ. ޖަމީލު

ޑރ. ޖަމީލު ވިދާޅުވީ ބަހެއް ބުނެފި ނަމަ އެ ބަހުގައި ކޮންމެ މީހަކުވެސް ހިފަހައްޓަން ޖެހޭ ކަމަށާ ނަމަވެސް މިއަދު ރައީސް މުއިއްޒުގެ ކިބައިން ފެންނަމުން ދަނި އެކަމާ އިދިކޮޅު މަންޒަރުތަކެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved