April 23, 2026
Advertisement
ފިލައިގެން އުޅޭ އިންޑިޔާގެ މެއިޑް
ފިލައިގެން އުޅޭ އިންޑިޔާގެ މެއިޑް / ވަގުތު.އެމްވީ

މާލޭގައި މަސައްކަތްކުރާ އިންޑިޔާގެ މެއިޑެއް ފިލއަިގެން ހޯދަނީ

Aishath Naja
އައިޝަތު ނަޖާ
Oct 9, 2024, 03:54 AM
މާލެ ސިޓީ

މާލޭގެ ގެއެއްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ އަންހެނަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Advertisement

އެ އަންހެން މީހާ ރާއްޖެ ގެނައި މީހާ ނޫހަކަށް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާ ރާއްޖެ އައިތާ އަދިވާނީ ދެ މަސް ދުވަސް ކަމަށެވެ.

އަދި އޭނާ އައިސްފައިވަނީ ހައުސް މެއިޑެއްގެ ގޮތަށް ކަމަށާއި އޭނާ ރާއްޖެ ގެނެސްފައިވަނީ އެއް އަހަރުގެ ވޯކް ޕާމިޓް ދައްކައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމީހާ އިތުރަށް ބުނީ މެއިޑް ފިލައިގެން ގޮސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށާއި އެކަން ފުލުހުންނަށާއި އިމިގްރޭޝަނަށް ވެސް ރިޕޯޓް ކޮށްފައިވާނެ ކަމަށެވެ.

ރާއްޖޭގައި އުޅޭތާ ދެމަސްވީ މީހަކަށްވުމުން އޭނާ ހޯދުމަށް އެމީހާ ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެގޮތުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، 9698898 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved