މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
ވާރޭ ވެހުމުގެ އިތުރުން ބައެއް ރަށް ރަށަށް އުދަވެސް އަރާނެ ކަމަށް އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެއެވެ.
މިއަދު 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ ބައެއް ރަަށްތަކަށް ގަދަވަޔާއެކު ވާރޭ ވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވަރަށް ވައި ވައިގަަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ބެލުމަށް މެޓް އިން އިލްތިމާސް ކުރެއެވެ.