
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަށަފަރު މީހުންވެސް ލަދު ގަންނުވާލައިފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ރައީސް މުއިއްޒު އުނބަށް ޖައްސަވަމުން ގެންދަވަނީ ދިވެހިން ހީވެސް ނުކުރާ މިންވަރަށް ކަމަށާ ދެން ރައްޔިތުންނަށް ރައީސް މުއިއްޒު ދައްކަވާނީ ކޮން މޫނެއް ބާއޭ ހިތަށްއަރާކަމަށެވެ. އަދި އެފަދަ ލަދެއްގައި ބެދުމަށް ވުރެ އިސްތިއުފާ ދެއްވާ ގޭގައި ހުންނެވުން ރައީސް މުއިއްޒަށް މާ ރަގަޅު ވާނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒު އިންޑިއާއަށް ނިސްބަތްކޮށް ވަރަށް ގަދަ ބަސް ވިދާޅުވުމަށް ފަހު އެ ބަސްފުޅުތައް ވިދާޅުވާ ނުވާ ބަސްފުޅުތަކަށް ހެއްދެވުމަށް ފަހު ސަލާމުގެ ޏާށިގަނޑު ހިއްޕަވައިގެން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅަކާ ދިމާކޮށެވެ.
ރައީސް މުއިއްޒު އިންތިހާބުގެ ކުރިންނާ އަދި ފަހުން ވެސް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި އެތައް ކަމެއް އަމަލުން ނުފެންނާތީ އާ އަދި ފަހުން އެ ވާހަކަތައް ކެންސަލް ކުރައްވަމުން ގެންދަވާތީ ގިނަ ރައްޔިތުންގެ ނުރުހުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ގެންދަނި އެމަނިކުފާނަކީ ބަހާ އަމަލާ ދިމާނުވާ ވެރިއެއްގެ ގޮތުގައި ސިފަކުރަމުންކަން ފާހަގަކޮށްލެވެއެވެ.










