 
             
        
     
             
                        ޒަޚަމްތަކަކާއެކު އޮތް މީހަކު މަޖީދީ މަގުން ފެނިއްޖެއެވެ.
މިކަމާ ގުޅިގެން މީޑިޔާތަކަށް ހިއްސާކުރި މެސެޖުގައި ފުލުހުން ބުނީ މަޖީދީ މަގު ސޮރީ ބޯއީސް ފިހާރަ ކަންމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ބުދަ ދުވަހުގެ ރޭ 1:25 އެހާކަންހައިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އައިޖިއެމްއެޗަސް ގެންގޮސް ފަރުވާ ދިނުމަށް ފަހު އެމީހާ މިއަދު ހެނދުނު 6:19 ހާ ކަން އިރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން ދާ ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
އޭނާއަށް އަނިޔާވީ ކިހިނެއްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ. މާރާމާރީއެއް ކަމެއް ނުވަތަ ގުރޫޕަކުން ހަމަލާދީނީ ކަމެއް ސާފެއް ނުވެއެވެ.
އަނިޔާވެފައި އޮތް މީހާގެ ވީޑީއޯ ސޯޝަލްމީޑިއާގައި އާއްމުވެފައިވާއިރު، ބައެއް މީހުން ބުނެފައިވަނީ ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            