theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އދ ގެ ފައުޖް / އަލްޖަޒީރާ
ދުނިޔެ
ސަހްޔޫނީންގެ ހަމަލާތަކުގައި އދ ގެ ފައުޖަށް ގެއްލުންވެއްޖެ
Aminath Zara
އައިމިނަތު ޒާރާ
10 އޮކްޓޯބަރު 2024
މާލެ ސިޓީ

ސަހްޔޫނީން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގައި ހަރަކާތްތެރިވާ އދ ގެ ފައުޖަށް ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަހްޔޫނީން ލުބުނާނުގެ ހިޒްބުﷲ އަށް ދިން ހަމަލާތަކެއްގައި އޮޅުންތަކެއް އަރައިގެން އދ ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ބަޔަކަށް ހަމަލާދީފައިވާކަމަށެވެ. މި ހަމަލާތަކުގައި އދ ގެ ފައުޖަށް ނިސްބަތްވާ 2 ސިފައިންގެ މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އދ ގެ ފައުޖުން ބުނެފައިވަނީ، މިއީ ސަހްޔޫނީން ސީދާ ގަސްތުގައި ދިން ހަމަލާތަކެއް ކަމަށާއި، މި ހަމަލާގައި ވެހިކަލްތަކުގައި ހުރި ކެމެރާތައްވެސް ހަލާކުކޮށްލާފައިވާކަމަށެވެ.

މި ކަމާއި ގުޅިގެން ސަހްޔޫނީނާ މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?