ވިއްސާރަ ދުވަހެއް / ތޭރަ އޮންލައިން
ހަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
Aminath Zara
އައިމިނަތު ޒާރާ
11 އޮކްޓޯބަރު 2024
މާލެ ސިޓީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓްއިން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 8:00 އިން މެންދުރު 13:00 އަށެވެ.

ސަމާލުގައި ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން އިއްޔެ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަަމަށް މެޓް އިން ވިދާޅުވެފައިވެއެވެ.

މެޓް އިން ވިދާޅުވީ، މޫސުން ކުރިއަށް ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އުުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާއި ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވިއެވެ.

އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved