April 23, 2026
Advertisement
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް / ސޯޝަލް މީޑިއާ

ސިނަމާލެ ބުރިޖުން ދަތުރު ކުރާއިރު ސަމާލުވުމަށް އެދިއްޖެ

Aishath Naja
އައިޝަތު ނަޖާ
Oct 11, 2024, 11:04 PM
މާލެ ސިޓީ

ދުވަސްވަރަކީ ވައިގަދަ ވިއްސާރަ ދުވަސްވަރަކަށް ވާތީވެ ސިނަމާލެ ބުރިޖު އަދި ހައިވޭއިން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

Advertisement

ފުލުހުން މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި އެ މުއްސަސާއިން ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ފުލުހުން ބުނީ ހުޅުމާލެ އާއި މާލެ އާ ދެމެދެ ސައިކަލު ދުއްވާއިރު، ކުޑަ ނަގައިގެން ނުދުއްވުމަށާއި ވަޔާ ވިއްސައިގެން ދާފަދަ ކޮލިޓީ ދަށް ކޯޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އޭގެއިތުރުން ސައިކަލުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން، ހެލްމެޓު ވެސް ވިއްސައިގެން ނުދާނޭހެން ރަނގަޅަށް ހައްޔަރު ކޮށްގެން ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާހަމަޔަށް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved