ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލަ ބަލަނީ / ސޯޝަލް މީޑިއާ
ހަބަރު
ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލަ ބަލަނީ
Aishath Naja
އައިޝަތު ނަޖާ
11 އޮކްޓޯބަރު 2024
މާލެ ސިޓީ

ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލް ދީގެން ސައިކަލް ދުއްވި މައްސަލައެއް ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހައިވޭގައި ދުއްވަމުންދިޔަ ކަޅުކުލައިގެ ސައިކަލެއްގެ ހުންގާނުގައި ކުޑަ ފިރެހެން ކުއްޖަކު ދެ އަތުން ހިފަހައްޓާލައިގެން އިންނަ މަންޒަރެވެ.

ސަލާމަތަށް ބެލްޓެއް އަޅުވާފައި އިން އެ ކުއްޖާ އާއެކު އިން ފިރެހެން މީހާގެ ކަނާތް އަމިއްލަ ފައިގެ މަތީގައި ބާއްވާލައިގެން ހަމަޖެހިގެން އިންއިރު، ހުންގާނުގައި ހިފައިގެން އިނީ އޭނާގެ ވައަތުންނެވެ. ވަކި ހިސާބަކަށް ދެވެމުން ކަނާތުން ސައިކަލުގެ ހުންގާނުގައި ހިފާތަން ވެސް ފެނެ އެވެ.

ފުލުހުން ބުނީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންްޓްރޯލް ކުޑަކުއްޖަކަށް ދީގެން ދުއްވި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved