ބާރ ކައުންސިލްގެ ރައީސް / ސޯޝަލް މީޑިއާ
ހަބަރު
ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ
Aishath Naja
އައިޝަތު ނަޖާ
31 ޖެނުއަރީ 2024
މާލެ ސިޓީ

ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބުންގޮތުގައި ވިޝާމް ފެނުނީ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވައި ކަމަށެވެ.

ވިޝާމް ވެއްޓިފައި އޮތްއިރު، ބޯ ވެސް ފަޅައިގެން ގޮސްފައި ހުރި ކަމަށް ވިޝާމްގެ އާއިލާން ވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތުދީފައެވެ.

ވިޝާމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ވިޝާމް އަވަހާރަވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފުވެފައިނުވެއެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ގާނޫނީ ވަކީލު، ވިޝާމް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން 12 ގަ އެވެ.

އޭނާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޓާނީޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved