

ޕަބްލިކް ނޯޓަރީ އާއި ގުޅޭ މައްސަލައެއްގައި 2 ވަކީލެއްގެ ލައިސެންސް ހިފަހައްޓައިފި ކަމުގައި ބާ ކައުންސިލުން ހާމަކޮށްފިއެވެ.
ޤާނޫނީ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއްގައި ދެ ގާނޫނީ ވަކީލެއްގެ ލައިސަންސް ވަނީ ހިފަހައްޓާފަފައި ވާކަމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. މި ދެ ވަކީލުންނަކީ އަލްއުސްތާޒް ޒުންނަވާރު ސަލީމާއި އަލްއުސްތާޒާ މެހެނާޒް ހުސައިން އެވެ.
މި ދެ ވަކީލުންގެ ލައިސަންސް ހިފެހެއްޓުމަށް ނިންމާފައިވަނީ، މި ދެ ވަކީލުން ނާއި ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ ޝަކުވާއަކާ ގުޅިގެން ކަމުގައި މައުލޫމާތު ވަނީ ލިބިފަ އެވެ. މި ޝަކުވާގައި ބުނެފައިވަނީ ދެ ވަކީލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.
ޕަބްލިކް ނޯޓަރީކަމަކީ ދައުލަތުން ދޫކުރާ ލައިސަންސަކާއެކު ގާނޫނީ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތެވެ.
މި މައްސަލައިގައި އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ވަކީލުކަމުގެ ލައިސަންސް 12 މަސް ދުވަހަށް ހިފަހައްޓާފައިވާއިރު، އަލްއުސްތާޛު ޒުންނަވާރު ސަލީމްގެ ލައިސަންސް 15 މަސް ދުވަހަށް ވަނީ ހިފަހައްޓާފައެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައިވާ މުއްދަތުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަމުގައި ބާ ކައުންސިލުން ބުނެފައިވެ އެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލައެއް ހުށަހެޅި މި ދެ ވަކީލުންނާ ގުޅޭގޮތުން، ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެ އެވެ.