March 19, 2026
Advertisement
އިބްރާހިމް ޝަމީލް
އިބްރާހިމް ޝަމީލް / ދިވެހިރާއްޖޭގެ ބާ ކައުންސިލް

ބާ ކައުންސިލްގެ ނައިބު ރައީސްކަމަށް ޝަމީލް ހޮވިވަޑައިގެންފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 21, 2025, 09:20 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ނައިބު ރައީސް ކަމަށް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ހުންެނެވި އިބްރާހިމް ޝަމީލް އިންތިހާބުވެއްޖެ އެވެ.
219 ވޯޓާއެކީ ޝަމީލް މިމަގާމަށް ހޮވިފައި ވަނީ ބުރާސްފަތި ދުވަހު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައެވެ.

Advertisement

އެންމެ ގާތްކޮށް އޭނާ އާއި ވާދަކޮށް ފައި ވަނީ މައާޝާ ލުތުފީއަށް ލިބުނީ 216 ވޯޓެވެ.

މީގެ އިތުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ވެސް ދެ މެންބަރުން އިންތިހާބު ކޮއްފައި ވެއެވެ. އެ މަގާމަށް އިންތިހާބުވީ 294 ވޯޓު ހޯދި އަބްދުالله ނާހިދު އާއި 284 ވޯޓު ހޯދި އަހުމަދު ޝާފިއު އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ.

ބާ ކައުންސިލްގެ ނައިބު ރައީސްއަކަށް އިންތިހާބުކުރި ޝަމީލު އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒަމިރާލްދާ ވަކިކުރި މައްސަލައިގައި އޭނާގެ ވަކީލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved