March 22, 2026
Advertisement
އަދުރޭ
އަދުރޭ / ސޯޝަލް މީޑިއާ

އަދުރޭގެ ނުފޫޒުން މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލް ހާމަނުކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Oct 14, 2024, 07:32 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުކަމަށްވާ މުރައިދޫގޭ ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފުސީލުތައް ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

Advertisement

އެގޮތުން އެ ތަފުސީލުތައް ހޯދަން މަޖިލީހަށް ހުށަހަޅާފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ.

މިކަން މައްސަލައެއްގެ ގޮތުގައި ބަލަން ފެށީ އެ ހުށަހެޅުންތަކާ ގުޅިގެން މަޖިލިސް އިދާރާއިން 241 ކޮމިޓީއަށް ސިޓީއެއް ފޮނުވުމާ ގުޅިގެންކަމަށް ބެލެވެއެވެ.

އެ މައްސަލާގައި ގޮތެއް ނިންމަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ނަމަވެސް އެ މައުލޫމާތު އާންމު ނުކުރުމަށް ކޮމިޓީން ނިންމާފައިވާކަމުގެ މައުލޫމަތު ވަނީ ލިބިފައެވެ.

ތޭރައޮންލައިންއަށް މައުލޫމާތު ލިބުނުގޮތުގައި މުރައިދޫގޭގައި މަސައްކަތްކުރަނީ އަދުރޭގެ އާއިލީ ބޭފުޅުންނާ އޭނާއާ ގާތް ގުޅުން އޮންނަ މީހުންނެވެ. އެހެންކަމުން އެ މައުލޫމާތު އާންމުނުކުރުމަށް އަދުރޭ ވަނީ މަޖިލީހަށް އަންގާފައެވެ.

މުރައިދޫގޭގަ ނޫނަސް މި ސަރުކާރުގައި ގިނައީ ހުސް އަދުރޭގެ އާއިލާ އަދި އޭނާގެ ގާތް މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved