April 23, 2026
Advertisement
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ / އިސްލާމިކް މިނިސްޓްރީ

އަރަބި ބަސް ކިޔަވާ ކޯހެއްގައި ބައިވެރިވުމަށް ދިވެހި އިމާމުންތަކެއް ކުވެއިތަށް

Aminath Zara
އައިމިނަތު ޒާރާ
Oct 14, 2024, 09:25 PM
މާލެ ސިޓީ

ރާއްޖޭގެ އިމާމުންތަކެއް ކުވައިތުގައި އަރަބި ބަސް ކިޔަވަން ތިން މަސް ދުވަހުގެ ކުރު ކޯހެއްގެ ފުރުސަތު ލިބިފައިވާ ކަމަށާއި މި ކޯހުގައި ބައިވެރިވުމަށް ކުވައިތަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވެއްޖެއެވެ.

Advertisement

އަހަރަކު އެ ކޯސް ދެ ފަހަރު ކުވައިތުގައި އޮންނާނެ ކަމަށާއި އެއީ ކުވައިތުގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ކަންތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކު 100 އިމާމުން ރާއްޖޭން ބޭރުން ތަމްރީނަށް ފޮނުވުމުގެ މަސައްކަތް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ސަރުކާރުން މިހާތަނަށް 400 އަށްވުރެ ގިނަ އިމާމުން ތާޒާކޮށްފައިވާއިރު، މިހާރު ވެސް ރާއްޖޭގެ 60 އިމާމުން ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުން އެބަދެއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާ ގުޅިގެން، މަތީ ސާނަވީއާއި ކޮލެޖް ޔުނިވާސިޓީގެ ޔޫނިއަން ތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުގައި 20-25 ފަރާތެއް ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved