March 12, 2026
Advertisement
ހަމަލާތަކުގެ ތެރެއިން
ހަމަލާތަކުގެ ތެރެއިން / އަލްޖަޒީރާ

‎ސަހްޔޫނީންގެ އަމުރުގެ ދަށުން ލުބުނާނުގެ 25 އިންސައްތަ އަށްވުރެ ގިނަ ސަރަޙައްދު ހުސްކުރަންޖެހިފައި: އދ

Aminath Zara
އައިމިނަތު ޒާރާ
Oct 16, 2024, 12:23 AM
މާލެ ސިޓީ

ސަހްޔޫނީން ނެރުނު އަމުރުގެ ސަބަބުން މުޅި ލުބުނާނުގެ 4 ބައި ކުޅަ 1 ބަޔައް އަސަރުކޮށްފައިވާ ކަމަށް އދ ގެ ފަރާތުން މެދު އިރުމައްޗައް ކަނޑައަޅާފައިހުންނަ ރެފިއުޖީންގެ ހައިކޮމިޝަނަރު، ރެމާ ޖަމޫސް އިމްސެއިސް ވިދާޅުވެއްޖެއެވެ.

Advertisement

އެ ސަރަޙައްދުގައި ތިބި މީހުން ސަރަޙައްދު ހުސްކުރުމަށް ސަހްޔޫނީން އަންގާ އެންގުން ތަކަށް ސަމާލުކަންދެމުންދާ ކަމަށާއި އަދި އެމީހުން ފިލަނީ ހުސް އަތާއި އެކު ކަމަށް ޖެނީވާގައި ބޭއްވި ނިއުސް ބްރީފިންގައި އޭނާ ބުނެފައިވެއެވެ.

ސަހްޔޫނީނުން ގެދޮރު ދޫކޮށް ނުކުތުމަށް އަދި ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރުދީ ނެރުނު އަމުރުތަކަށް ފަހު 1.2 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ހުސްކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ލުބުނާނުގެ ދެކުނަށް ސަހްޔޫނީން ދިން ކުއްލި ހަރުކަށި ހަމަލާތަކުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މަދުވެގެން 2،309 މީހުން މަރުވެފައިވާ ކަމަށް ލުބުނާން ސަރުކާރުން ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު މަރާލާފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސަހްޔޫނީން އަސްކަރީ ކެމްޕޭން ފުޅާކުރި ފަހުން ކަމަށްވެސްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved