March 12, 2026
Advertisement
ޖަނާޒާ ހިނގާލުމުގެ ތެރެއިން
ޖަނާޒާ ހިނގާލުމުގެ ތެރެއިން / އަލްޖަޒީރާ

ސަހްޔޫނީން ބެއިރޫތަށް ދިން ހަމަލާގައި މަރުވި އީރާނުގެ ޖެނެރަލްގެ ޖަނާޒާ އިރާގުގައި ބާއްވައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 16, 2024, 01:35 AM
މާލެ ސިޓީ

ހިޒްބުاللهގެ ވެރިޔާ ހަސަން ނަސްރުالله އާ އެކު ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ޖެނެރަލް އައްބާސް ނިލްފޮރޫޝަންގެ ޖަނާޒާގެ ހިނގާލުން އިރާގުގައި ބާއްވައިފި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ބުނެފި އެވެ.

Advertisement

އައިއާރްޖީސީގެ ފޮރިން އޮޕަރޭޝަންސް އާމްގެ އިސް ކޮމާންޑަރެއް ކަމަށްވާ ނިލްފޯރުޝާން މަރާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ސަހްޔޫނީން ބެއިރޫތުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއެއްގަ އެވެ.

އައިއާރްޖީސީން ހުކުރު ދުވަހު ބުނީ ހަމަލާ ދިން ސަރަހައްދުން ނިލްފޯރުޝާންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު ބެއިރޫތުން އިރާގުގެ ކަރްބާލާ ސިޓީއަށް ގެންގޮސް، ގިނަ އަދަދެއްގެ މީހުންގެ ކުރިމަތީގައި އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވެއެވެ. އެއަށްފަހު ޖަނާޒާ ކޯޓެޖް ނަޖަފް ސިޓީއަށް ފުރުމުގެ ކުރިން ކައިރީގައި ހުރި އަލް ޢައްބާސް ހަރަމްފުޅަށް ދިޔައެވެ.

ނިލްފޯރުޝާންގެ ހަށިގަނޑު އީރާނުގެ މަޝްހަދު ސިޓީއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ ސެޕާ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved