March 21, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާގެ ތެރެއިން
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 17, 2024, 04:58 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ އޮފީހުގައި އޮންނާނެ ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މިރޭ (17 އޮކްޓޯބަރު 2024) ވާ ބުރާސްފަތި ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ވަރަށް ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާ ޖަލްސާ ފެށޭނީ ރޭގަނޑު 8:45 ގައި ކަމަށެވެ.

އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved