ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރެއިން ބައެއް މީހުން އޯވަރ ނައިޓުން މަހުޖަނުންނަށްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލުގެ އެކްސްގައިވަނީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އަނބިމީހާވެސް ހިމެނޭހެން ޚާއްސަ އުސޫލެއްގެ ދަށުން ހުޅުމާލެއިން ބިންތަކެއް ވަކި ބަޔަކަށް ވިއްކި ޚަބަރު ހިއްސާކުރައްވާފައެވެ. އަދި ޑރ. ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު ދެން ވެސް ހިފާނީ ވެސް ޓެކްސް ނަގާ ޓޫރިޒަމްގެ ވިޔަފާރިތައް ހިންދެމި ނުލާވަރު ކުރަންތޯ ކަމަށާ ސަރުކާރަށް އާދެވުނު އިރު އަތުގައި ބައި ރުފިޔާއެއް ނެތް މިމީހުން އޯވަރނައިޓް މަހްޖަނުންނަށްވެ، ގެދޮރު ގަންނަ ހިސާބަށް ދިޔައީތޯ ކަމަށެވެ
ދެންވެސް ޓެކްސް ނަގާ ޓޫރިޒަމްގެ ވިޔަފާރިތައް ހިންދެމިނުލާވަރު ކުރަން @MMuizzu ހިފަންވީ؟ ސަރުކާރަށް އާދެވުނު އިރު އަތުގައި ބައި ރުފިޔާއެއް ނެތް މިމީހުން އޯވަރނައިޓް މަހްޖަނުންނަށްވެ، ގެދޮރު ގަންނަ ހިސާބަށް ދިޔައީ؟ ކޮރަޕްޝަންގެ މުބާރާތުގެ ފައިނަލަށް ދަނީ ޕީޖީ ގުރޫޕާއި… https://t.co/6Wz82bS9QY
— Mohamed Jameel Ahmed (@MJameelAhmed) October 17, 2024
މީގެ އިތުރުން ގައުމުގައި މިއަދު ހައްދު ަހަނާ ގޮސްފައިވާ ކޮރަޕްޝަންގެ މުބާރާތުގެ ފައިނަލަށް ދަނީ ޕީޖީ ގުރޫޕާއި އެސްއޯއީތައް ތޯ ސުވާލު އުފައްދަވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ ފަޒުލް ހިންގަނީ ޣައިރު ޤާނޫނީ ޖަރީމާތަކެއްނަމަވެސް ފިޔަވަޅު ނާޅާނީ އެއީ ރައީސް މުއިއްޒު ވިދާޅުވެގެން ކުރާ ކަންކަމަށް ވާތީ ކަމަށެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ލުއި ގޮތެއްގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް ހުޅުމާލެއިން 5 ގޯއްޗެއް ވިއްކާފައިވާއިރު އޭގެ ތެރޭގައި ފަޒުލްގެ އަނބިމީހާއަށް ވެސް ގޯއްޗެއް ވިއްކާފައިވެއެވެ.
ހުޅުމާލޭ ފޭސް 2 ގެ ބީޗް ފްރޮންޓުން އެންމެ އަގުބޮޑުކޮށް މީހުން ގޯތި ގަނެފައިވާ ސަރަހައްދުން ޒުލްފީނާއަށް 2،140 އަކަފޫޓުގެ ބިމެއް ވިއްކީ ޖީއެސްޓީއާއެކު 11.7 މިލިއަން ރުފިޔާ އަށެވެ. ޖީއެސްޓީ އުނިކުރުމުން ބިމުގެ އަގަކީ 10.2 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހެނީ 60 މަސް ދުވަހުން (ފަސް އަހަރު) ނެވެ. އެއީ ޖީއެސްޓީއާއެކު މަހަކު 185،366.18ރ. އެވެ.
މިއީ އެޗްޑީސީގެ ތާރީހުގައި ވެސް ބަޔަކަށް މި ގޮތަށް ގޯތި ވިއްކި އުސޫލެއް ނޫންކަން ފާހަގަކޮށްލެވެއެވެ.