April 23, 2026
Advertisement
ނިޔާވެފައިވަނީ ހުރަވީ ސްކޫލުގެ ދަރިވަރެއް
ނިޔާވެފައިވަނީ ހުރަވީ ސްކޫލުގެ ދަރިވަރެއް / މިހާރު

ދަރިވަރަކު ސްކޫލުގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 17, 2024, 06:26 PM
މާލެ ސިޓީ

ރާއްޖޭގައި ދަރިވަރަކު ސްކޫލުގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައިވަނީ ހުރަވީ ސްކޫލުގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ.

ސްކޫލުގައި ކިޔަވަން އިންދާ ދިމާވި ކުއްލި ސިއްހީ މައްސަލައަކާ ގުޅިގެން އެ ދަރިވަރު ހޮސްޕިޓަލަށް ގެންދިޔަކަމަސް ފުލުހުންނަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށާ އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ދަރިވަރަށް ދިމާވި ސިއްހީ ކުއްލި މައްސަލައަކީ ކޮބައިކަމެއް ނަމަވެސް ތަފްސީލުކޮށްދީފައި ނުވެއެވެ.

'ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބުނު ގޮތުގައި ނިޔާވެފައިވަނީ ހުރަވީ ސްކޫލުގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ ނަމަކަށް ކިޔާ ދަރިވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved