May 15, 2026
Advertisement
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ، ހަގީގަތެއް ނެތް ކަމަށް ބުނެ، ނޫސްވެރިންގެ ހިޔަލުގައި ތިބެ ވެރިކަމަށް އައި ޕީއެންސީއިން ބޭރުކޮށްލައިފި
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ، ހަގީގަތެއް ނެތް ކަމަށް ބުނެ، ނޫސްވެރިންގެ ހިޔަލުގައި ތިބެ ވެރިކަމަށް އައި ޕީއެންސީއިން ބޭރުކޮށްލައިފި / ސޯޝަލް މީޑިއާ

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ، ހަގީގަތެއް ނެތް ކަމަށް ބުނެ، ނޫސްވެރިންގެ ހިޔަލުގައި ތިބެ ވެރިކަމަށް އައި ޕީއެންސީއިން ބޭރުކޮށްލައިފި

May 14, 2026, 02:11 PM
މާލެ ސިޓީ

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ، ހަގީގަތެއް ނެތް ކަމަށް ބުނެ، ނޫސްވެރިންގެ ހިޔަލުގައި ތިބެ ވެރިކަމަށް އައި ޕީއެންސީއިން ބޭރުކޮށްލައިފިއެވެ.

Advertisement

މަޖިލީހަށް އެ މައްސަލަ ހުށަހެޅީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލައިގައި ވަނީ،  ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ރައީސް އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ނޫހުގެ ނޫސްވެރިންނަށް ސަރުކާރުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެކަން ރަސްމީކޮށް އަންގާފައިވާ ކަމަށްވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އެ ނޫހުން ޝާއިއުކުރި ބަޔާނަކާ ގުޅިގެން ނޫސްވެރިޔަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުކުރުމަކީ މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެކެވެ. އަދި މިއަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހިމެނިފައިވާ ދަށް ދަރަޖައަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މައްސަލަ ބޭރުކޮށްލަން ނިންމަވާ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށް ބުނެ މައްސަލަ ވަނީ ބޭރުކޮށްލީއެވެ.

ނޫސްވެރިންނާ ގުޅުން ހުރި މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން ބޮލާލާ ޖަހާ ހަގީގަތެއް ނެތް ކަމެއް ކަމަށް ބުނި، ޕީއެންސީއަކީ އިދިކޮޅުގައި ތިބެ ނޫސްވެރިންނާ ނުލާ އެއް ކަމެއްވެސް ނުވެގެން އުޅުނު ބަޔަކުކަން ފާހަގަކޮށްލެވެއެވެ. ނޫސްވެރިކަމުގެ މިނިވަން އިމެއް ނެތް މިންވަރަށް ދޭނެ ކަމަށް ބުނެ އައިސް މި ސަރުކާރުން ވަނި ނޫސްވެރިން ގަލަމާ ދޫވެސް ގާނޫނަކުން ތަޅު އަޅުވާ ކޮންޓްރޯލު ކޮމިޝަނަކުން ކޮޓްރޯލުކުރާ ގޮތަށް ގާނޫނު ފާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved