ލުބުނާނުން ފޮނުވާލި ޑްރޯން ހަމަލާއެއް ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެއަށް އަމާޒުކޮށްލައިފި އެވެ.
ސަހްޔޫނީންގެ އަސްކަރިއްޔާއިން ބުނީ، ތެލް އަވީވްގައި ހުންނަ ނަތަންޔާހޫގެ ގެއަކަށް އަމާޒުކޮށް ލުބުނާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ.
މިގޮތުން، ހަމަލާ ދިން ވަގުތަކީ ނަތަންޔާހޫ އާއި އޭނާގެ އާއިލީ އެއްވެސް މީހަކު އެވަގުތު އެ ގޭގައި ނޫޅޭ ގަޑިއެއް ކަމަށާއި މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ލުބުނާނުން ހަމަލާދިން ސަރަހައްދަކީ ސަހްޔޫނީންގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާގެ ސަބަބުން ސަހްޔޫނީން ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބެލެވެއެވެ.