March 21, 2026
Advertisement
ރައީސް މުއިއްޒު، ވެލާނާގޭ މުހައްމަައިދީ އަދި މަޖިލިސް ރައީސް އަދުރޭ
ރައީސް މުއިއްޒު، ވެލާނާގޭ މުހައްމަައިދީ އަދި މަޖިލިސް ރައީސް އަދުރޭ / ތޭރަގްރެފިކްސް

އަދުރޭއާ މުއިއްޒު ދިވެހީންނަށް ދިވެހިރާއްޖެ ހޯދައިދެނީ ވެލާނާގޭ މުހައްމަައިދީ ޕިޗޯރީން ގޮވައިގެން އައިސް ދިވެހީންގެ ރާއްޖެ ހޯދިހެން: ޜައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2024, 06:22 PM
މާލެ ސިޓީ

މަޖިލިސް ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) އާ ރައީސް މުހައްމަދު މުއިއްޒު، ދިވެހީންނަށް ދިވެހީންގެ ރާއްޖެ ހޯދައިދެނީ ޕިޗޯރީން ގޮވައިގެން އައިސް ވެލާނާގޭ މުހައްމަދު މާހިރު ދީދީ (ވެލާނާގޭ މުހައްމައިދީ) ދިވެހީންނަށް ދިވެހީންގެ ރާއްޖެ ހޯދައިދިން ގޮތަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފުން ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ "މިނިވަންކަން"، މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ދެއްކެވި ވާހަަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، އަދުރޭ އުޅުއްވަނީ ހަރުފަ ދުލި ބަދަލުކުރާހެން، ދުލި ބަދަލުކުރައްވަންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާ ދައުލަތެއް ކަމާ އދ.ގެ މެމްބަރަކަށްވުމާ ޚާރިޖީ ސިޔާސަތު އެކށީގެންވާ ވަރަކަށް މިނިވަންކަން ކުރިން އޮތް ނަމަވެސް މިހާރު އެ މިނިވަންކަން ނެތް ކަމަށެވެ. މިހާރުގެ ސަރުކާރުގައިވެސް އޮތީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސަރުކާރު ހިންގި ޓެމްޕްލޭޓުތަކެގެ ތެރެއިން ކަމަށާ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުކިޔުމަށް ފަހު އައިސް ޕީއެންސީއިން ހިންގާ ސަރުކާރުން ގެންދަނީ އެއަށް ވުރެ މާ ގޯސްކޮށް ގައުމުގެ ކަންކަން ހިންގަމުން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިހުރީ ފިޠުރަތުގެ އުސޫލު ހިނގާ ގޮތް. ޕީއެންސީއިން ކުރިން އިބްރާހިމު މުހައްމަދު ސޯޅިހުގެ ސަރުކާރަށް ފާޑުކީ، މިހާރު އެއަށް ވުރެ ގޯސްކޮށް ކަންކަން ކުރާތީ އިބްރާހިމު މުހައްމަދު ސޯޅިހު މިގެންދަވަނީ ޕީއެންސީއަށާ މުއިއްޒުަށް ފާޑުކިޔަމުން. ދިވެހިރާއްޖޭގައި ގަނޫނު އަސާސިއަކާ ގަނޫނުތަކަކާ މިނިވަން ކޯޓުތަކެއް މިނިވަން މުއައްސަސާތަކެއް އުފައްދާފައިވީ ނަމަވެސް ކަންކަންތަންފީޒުވާ މަންޒަރު ނުފެނޭ. ރައްޔިތުންގެ ބާރު ރައްޔިތުންނާ ހަމައަށް އޮންނަ ކަމަށް މިވަނީ ރައްޔިތުންގެ ކަންތައް ނިންމައިދިނުމަށް ގާނޫނު ފައިސަލާކޮށްފައި ގާނޫނުން އެދޭ ބާރުތައް އެމީހުން ކޮށްގެން އެތިބަޔަ ހުވަޔާ އެމީހުން ހަވާލުވެ އެތިބަ ޒިންމާތައް އިޚްލާސްތެރިކަމާ އެކީ އަދާކުރުމުން. ރައްޔިތުންގެ ބާރަކީ ކޮންމެ ފަހަރަކު މަގުމައްޗަށް ނުކުތުމެއް ނޫން.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބާރުގެ ބޭނުންކޮށްގެން މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.

ވެލާނާގޭ މުހައްމައިދީ ޕިޗޯރީން ގެނެސްގެން ދިވެހިންނަށް ދިވެހި ރާއްޖެ ގެނެސްދިނުމަކީ ސިޔާސީ ކުށަކާ ގުޅިގެން މުހައްމައިދީގެ ބައްޕަ ހައްދުންމަތީ ފޮނަދުއަށް އަރުވާލުމާ ގުޅިގެން، މުހައްމައިދީ އެކަމުގެ ހިތްހަމަނުޖެހުމުގައި 1909 ވަނަ އަހަރު ރާއްޖެއަށް ޕިޗޯރީން ގެނެސް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރި ކުރުމެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ މިސާލުން މިސާލު ނެންގެވީ މިހާރުގެ ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ނުކުރާނެ ކަމަށް ބުނމަށް ފަހު އިންޑިއާއާ އެކު ވަމުންދާ އެއްބަސްވުންތައް ގިނަވެ އަދި ނަގަމުންދާ ލޯނުތައްވެސް އިތުރުވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved