April 23, 2026
Advertisement
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވުނު އަރަފާތު
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވުނު އަރަފާތު / އިމިގްރޭޝަން

އަަރަފާތަށް ކުރާ ތުހުމަތުތަކުގެ ހެއްކެއް ފެނިފައި ނުވޭ: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 21, 2024, 12:21 AM
މާލެ ސިޓީ

ބުޅާ މަސް އަޅައިިގެން ކާ ތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެމްޑީ އަރަފާތު ހޮސައިންގެ މައްޗަށް އެ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިހާތަނަށް ކުރި ތަހުގީގުން ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް އަރަފާތު ތައްޔާރުކުރި ކަމުގެ ހެއްކެއް ނުފެންނަ ކަމަށެވެ. އަދި، އޭނާ ޑީޕޯޓު ކޮށްފައިވާ ކަމަށާ ޑީޕޯޓުކުރީ އިމިގުރޭޝަނާ ހަވާލުކުރުމުން އެ އިދާރާއިން ކަމަށެވެ.

ބުޅާ މަސް އަޅައިގެން ކާނާ ތައްޔާރުކުރިކަމުގެ ތުހުމަތުގައި އަރަފާތު ހޯދައި، އިމިގްރޭޝަނާ ހަވާލުކުރީ އޮގަސްޓް 20 ގައެވެ.

އޭގެ ފަހުން ގިނަ ދުވަސްތަކެއްވެފައިވަނިކޮށް މައްސަލައިގެ އަދާހަމަ ހިއްސާކޮށް ފުލުހުން ބުނީ ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގެ ތަހުގީގު ވަނީ ނިންމާލައިފައެވެ.

ބުޅަލު މަހުގައި ކާނާ ތައްޔާރުކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވި ނަމަވެސް، އޭނާ ކާނާ ތައްޔާރުކުރަމުން ދިޔަ މުޑުދާރު ބަދިގޭގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވިއެވެ. އެ ތަނަކީ ކާނާ ތައްޔާރުކުރަން އެކަށިގެންވާ ސާފުތާހިރު ތަނެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved