March 16, 2026
Advertisement
މުޒާހަރާ ކުރަނީ
މުޒާހަރާ ކުރަނީ / އަދަދު

ވައުދާ އެއްގޮތައް ފުލެޓާ، ގޯތި ހަވާލުކުރުމަށް ގޮވާލާ މަޖިލިސް ކައިރީ އިހުތިޖާޖްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Oct 21, 2024, 05:05 PM
މާލެ ސިޓީ

ނިމިދިޔަ ސަރުކާރުން ދީފައިވާ ފުލެޓާ، ގޯތި ހައްގުވެރިންނަށް ދޭނެކަމަށް ވައުދުވެ، ވައުދާ ހިލާފްވުމުން ރައްޔިތުންގެ މަޖިލިސް ކައިރީ އިހުތިޖާޖްކޮށްފި އެވެ.

Advertisement

ތޭރަ އޮންލައިން އަށް މައުލޫމާތު ދިން އިހުތިޖާޖްގެ ބައިވެރިއެއް ބުނީ، މި އިހުތިޖާޖް މިގޮތައް މަޖިލިސް ކައިރި ކުރަން މަޖުބޫރުވީ މި މަސް ތެރޭ ފުލެޓް ލިސްޓް އާންމު ކުރާނެކަމަށް ބުނެ މަސް ދެބައިވެގެން ދިޔައިރުވެސް އެކަން ނުކުރުމުންނެވެ.

އޭނާ އިތުރަށް ބުނީ މީގެ ކުރިން އެކިތަންތަނުގައި ހުއްޓި އަޑުއުފުލި ނަމަވެސް ވައުދާ ހިލާފްވެ ރައްޔިތުންނަށް ޖަވާބުދާރީ ނުވަންޏާ މަގުތަކަށް ނިކުންނާނެކަމަށެވެ.

މި މުޒާހަރާގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވީހާވެސް އަވަހަށް ފުލެޓާ ގޯތި ހަވާލުކުރުމަށް އެދި ގޮވާލާފައެވެ.

ނިމިދިޔަ ސަރުކާރުން ނުހައްގުން ބަހާލި ގޯއްޗާއި ފުލެޓް ހައްގުވެރިންނަށް ހަވާލު ކުރާނެ ކަމުގެ ވައުދާއެކު ވެެރިކަމަށް އައުމަށްފަހު، ވެރިކަމަށް އަހަރެއް ވެގެންދާއިރު ވެސް އެކަންކޮށްފައި ނުވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި އޭގެއިތުރުން ރައްޔިތުން މިހާ ކަންބޮޑުވާ ހައްސާސް މައްސަލައެއްގައި މަޖިލިސް މެމްބަރުން ވެސް ހަނު ތިއްބެވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންވެސް އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
Baarashu maiku
Oct 21, 2024, 05:13 PM
Giraavaru fahu hikkan laari netheeyaa hulhumale face 3 in goathi dheebala
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved