March 22, 2026
Advertisement
އަދުރޭ
އަދުރޭ / ރައްޔިތުންގެ މަޖިލިސް

ސަހްޔޫނީންގެ ޕާސްޕޯޓު މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ، ރަޖިސްޓްރީނުކޮށް ބޭރުކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Oct 21, 2024, 08:30 PM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްްޕޯޓް މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ހުށަހެޅި ކުއްލި މައްސަލައެއް ރަޖިސްޓްރީނުކޮށްދީ ބޭރުކޮށްލައިފި އެވެ.

Advertisement

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެހެންނަމަވެސް މަޖިލީހުގެ އިދާރާއިން ނިންމީ އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައޫސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ނިންމީ ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާތީ ކަމަށެވެ. އެހެން އަދުރޭ ވިދާޅުވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އޭނާ ހާމަކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅުއްވެން ނެތް ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލަނ

އަދުރޭ ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިސްނެންގެވުމާއެކު ސަހްޔޫނީންގެ ޕާސްޕޯޓްގެ މައްސަލަ އަވަހަށް ނިންމައިދިނުމަށެވެ.

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި ބިލް މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ 131 އެއް ދުވަސްވަނީ ވެފައެވެ. މީގެ ކުރިން މަޖިލިސް ޗުއްޓީގައި އޮތުމުން އެކަން ނުކުރެވެނީ ކަމަށް އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ނަމަވެސް މަޖިލީހުގެ ދެވަނަ ދައުރު ފެށިގެން ވެސް އެކަން ކުރުމުގައި ފަހަތުފަޔަށް ބުރަވާކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved