March 12, 2026
Advertisement
ހަނގުރާމަވެރިން
ހަނގުރާމަވެރިން / ސޯޝަލް މީޑިއާ

ޖަބާލިއާގައި ސަހްޔޫނީން ސިފައިން މަރާލައި ޒަހަމްކޮށްލި ކަމަށް ހަމާސް އިން ބުނެފި

Aminath Zara
އައިމިނަތު ޒާރާ
Oct 22, 2024, 03:21 AM
މާލެ ސިޓީ

ޖަބާލިއާގައި ސަހްޔޫނީން ސިފައިން މަރާލައި ޒަހަމްކޮށްލި ކަމަށް ހަމާސް އިން ބުނެފިއެވެ.

Advertisement

ހަމާސް އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ބަނގުރާ ބަރުކޮށްގެން ތިބި އިސްރާއީލުގެ ހަތަރު ވެހިކަލަކަށް ހަމަލާދީފައި ކަމަށެވެ.

ހަމާސް އިން ޓެލެގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޔާސީން-105 ރޮކެޓާއި ޝަވާޒް އެކްސްޕްލޯސިވް ޑިވައިސްއެއް ޖެހި އެ ގާފިލާގައި ޓޭންކަކާއި އާމާޑް ޕާސަނަލް ކެރިއާއަކާއި ދެ ޑީ9 ބުލްޑޯޒަރު ތިބި ކަމަށެވެ.

މީގެ އިތުރުން، އަސްކަރީ އާލާތްތައް ގޮއްވާލައި، ގިނަ އަދަދެއްގެ ސިފައިން މަރާލައި ޒަހަމްކޮށްލިކަމަށްވެސް ބުނެފައިވެއެވެ.

ސަހްޔޫނީން ދަނީ އެ ސަރަހައްދަށް ވަދެ މީހުން ދިރިއުޅޭ އިމާރާތްތައް ހަލާކުކޮށް، ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ. ސަހްޔޫނީންގެ އަސްކަރިއްޔާ އާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ކުރިމަތިލުންތައް އަންނަނީ ވަރުގަދަވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved