March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން މުއިއްޒަށް: ކިތަންމެ ވަރަކަށް ޕީއާރް ރަނގަޅުކުރަން އުޅުނަސް ބަހާއި އަމަލު ދިމާނުވަންޏާ ތަރުހީބެއް ނުލިބޭނެ

Aminath Zara
އައިމިނަތު ޒާރާ
Oct 22, 2024, 04:11 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދުގެ ޕަބްލިކް ރިލޭޝަންސް ކިތަންމެ ވަރަކަށް ޒީނަތްތެރިކޮށް ރަނގަޅު ކަމަށް ރައްޔިތުންނަށް ދައްކަން އުޅުނަސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވަންޏާ މުއިއްޒަށް އެއްވެސް ތަރުހީބެއް ނުލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް އިން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިވަރުގެ ބަހާއި އަމަލާއި ދިމާނުވާ ވެރިއެއް މިހާތަނަށް ދިވެހި ރައްޔިތުން ނުދެކޭ ކަމަށެވެ.

މީގެ އިތުރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އޭރު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް، ސަރުކާރުން ހިންގާ ނުރަނގަޅު ކަންކަން މީޑިޔާތަކުން ހާމަކުރުމުން ފެނިގެންދަނީ ސީދާ ރައީސް އޮފީހުން އެފަދަ މީޑިޔާތަކާއި ޖައްސާލާ ފިޔަވަޅު އަޅަމުންދާ މަންޒަރު ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައު ފާހަގަކުރެއްވިއެވެ.

ޕަބްލިކް ރިލޭޝަން ރަނގަޅުކުރަން ބޮޑު ޓީމެއް އެކުލަވާލައިގެން އެކުރައްވާ މަސައްކަތަށް އެއްވެސް ތަރުހީބެއް ނުލިބޭ. ތަރުހީބު ނުލިބޭތީ ދެއްތޯ މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އަގު ވައްޓާލާ ގޮތަށް މީޑިޔާގައި މަސައްކަތް ކުރާތީ އޭ ވިދާޅުވެ އެ މީޑިޔާތަކަށް ފިޔަވަޅު ނާޅައިގެން ރައީސް އޮފީހުން ކަންބޮޑުވެގެން ރައްޔިތުން މަޖިލީހަށް މައްސަލަ މި ފޮނުވަނީ.

ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން މީޑިޔާތައް ބަންދުކޮށް ފިޔަވަޅު އެޅިޔަސް، ދިވެހި ހުރިހާ ރައްޔިތުންގެ ޝުއޫރު ފާޅުކުރުން ނުހުއްޓެވޭނެ ކަމަށާއި އެންމެން ޖަލަށްލާ ބަންދުވެސް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއީ ސަރުކާރުން ކުރަމުންދާ ވަރަށް ފެންވަރު ދަށް ކަމެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved