April 17, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ސޯޝަލް މީޑިއާ

އިސްލާމިކު މިނިސްޓަރަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 22, 2024, 08:27 PM
މާލެ ސިޓީ

އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހިމު އަލީ ސައީދަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ ޑރ. ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް އިއްޔެ ސިޓިއަކުން ހުށަހަޅާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ބުނެފައިވެއެވެ.

ޑރ. ޝަހީމަށް މަރުގެ އިންޒާރު ދީފައިވާ މައްސަލަ ފުލުހުންނަށް ހުށަހަލާފައިވާއިރު އެކަމުގައި އެމަނިކުފާނުގެ ބަހެއް ހޯދާލަން ކުރި މަސައްކަތްވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved