May 4, 2026
Advertisement
ހަމަލާ ތެރެއިން
ހަމަލާ ތެރެއިން / ސޯޝަލް މީޑިއާ

ސަހްޔޫނީނުން ލުބުނާނަށް ހަނގުރާމައިގައި ބޭނުން ކުރުން މަނާ ވައިޓް ފޮސްފަރަސް ބޮން އަޅައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 22, 2024, 09:14 PM
މާލެ ސިޓީ

ބައިނަލްއަގުވާމީ ގޮތުން ހަނގުރާމަ ތަކުގައި ބޭނުންކުރުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރެއްކަމަށްވާ ވައިޓް ފޮސްފަރަސް ބޭނުންކޮށްގެން، ސަހްޔޫނީން ލުބުނާނަށް ބޮން އަޅާފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

ލުބުނާނުގެ ދައުލަތުގެ މީޑިއާ އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ސަހްޔޫނީން ވަނީ ވައިގެ މަގުން އެގައުމުގެ އަވަށެއްކަމަށްވާ ކްފަރު ޝުބާ އަށް އަމާޒުކޮށް ހަމަލާދީފައެވެ. ފޮސްފަރަސް ހިމެނޭ ބޮންތަކުން ދިން މި ހަމަލާގެ ސަބަބުން އެގައުމުގެ ޖަންގަލީގައިވަނީ އަލިފާން ރޯވެފައެވެ.

މީގެ އިތުރުންވެސް، ސަހްޔޫނީން ވަނީ އެ ސަރަހައްދާއި ކައިރީގައިވާ އަލް-ޤަންތަރަ އަށް ވެސް ހަމަލާ އަމާޒުކޮށް، ބެއިރުތުގެ ދެކުނަށް ވެސް ހަމަލާ ދީފައެވެ.

މީގެ ކުރިންވެސް އެ ގައުމުން ވަނީ މިއަހަރުގެ މާޗު މަސްތެރޭގައި ލުބުނާނަށް އަމާޒުކޮށް ވައިޓް ފޮސްފަރަސް ހިމެނޭ ބޮންތަކެއް އަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved