May 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީންނަށް ވާގިވެރިވާ ބާރގާ ކިންގްގެ ރާއްޖޭގެ އައުޓްލެޓް ބަންދުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Oct 23, 2024, 05:54 PM
މާލެ ސިޓީ

ފްރޭންޗައިޒްގެ އުސޫލުން ދިވެހިރާއްޖޭގައި ޚިދުމަތް ދެމުން އަންނަ ސަހްޔޫނީންނަށް ވާގިވެރިވާ ބާރގާ ކިންގްގެ އައުޓްލެޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

Advertisement

އެ ކުންފުނިން ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަގުތީ ގޮތުން އައުޓްލެޓް ބަންދުކޮށްފައިވާ ކަމަށާއި އެހެން ލޮކޭޝަންއެއްގައި ފަހުން އައުޓްލެޓް ހުޅުވާނެ ކަމަށެވެ.

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އެ ގައުމަށް ވާގިވެރިވާ ކުންފުނިތައް ރާއްޖޜގައި ބޮއިކޮޓް ކުރުމަށް ދިވެހި ރައްޔިތުން އަންނަނީ ހުއްޓުމެއްނެތި ސަރުކާރަށް އާދޭސް ދަންނަވަމުންނެވެ. ނަމަވެސް މިކަމަށް އެކަށޭނަ އެއްވެސް ފިޔަވަޅެއް މިހާތަނަށް ސަރުކާރުން އަޅާފައިނުވެއެވެ.

މީގެ އިތުރުން، ސަހްޔޫނީންގެ ޕާސްޕޯޓް ދިވެހިރާއްޖޭގައި މަނާކުރުމުގެ ބިލު މަޖިލީހުން ފާސްނުކޮށް ޕާކް ކޮށްފައި އޮންނަތާ 130 އަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved