February 21, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ދެއިރު ދެދަޅަޔަށް މެމްބަރުން މުލިޔާގެއަށް ގެންދެވިޔަސް ސަރުކާރު ހިނގާކަމަކަށް ނުވާނެ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Oct 23, 2024, 04:17 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މެމްބަރުން މުލިއާގެއަށް ގެންދެވުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ މަޖިލިސް މެމްބަރުންނާ، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން މުލިއާގެއަށް ހާޒިރުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މިކަމަށް އިޝާރަތްކުރައްވާ މަލީހް އެކްސްގައި ވިދާޅުވީ އިރު ދެދަޅަޔަށް މުލިއާގެއަށް މަޖިލިސް މެމްބަރުން ގެންދެވިޔަސް އިކޮނޮމީ ހަމަޔަކަށް ނޭޅުވޭނެކަމަށެވެ.

މެމްބަރުން މުލިއާގެއަށް ގެންދެވިޔަސް އިންވެސްޓްމަންޓް ނުގެނެވޭނެކަމަށާއި މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ. އެގޮތުން ވަޒީފާ ނުދެވޭނެކަމަށާއި ސަރުކާރެއް ނުހިނގާނެކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހު މަޖިލިސް މެމްބަރުން މުލިއާގެއަށް ގެންދިޔައިރު މީގެ ކުރިން ވެސް މަޖިލިސް މެމްބަރުން މުލިއާގެއަށް ގެންގޮސް އެ މެމްބަރުންނަށް ބައި ލައްކަ ރުފިޔާ ދޭނެކަމުގެ ވައުދުވެ ރައީސް މުއިއްޒު ވަނީ އެކަން ކުރައްވާފައެވެ. އަންގާރަ ދުވަހުވެސް އެގޮތައް މެމްބަރުން ހާޒިކުރުމާއެކު އާންމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިޔާގައި ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved