April 6, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ވެރިކަމުގައި ހުންނަ ދެދަންފަޅީގައި ސިންގާއެއްކަމަށް ހީވިޔަސް ބާރުދާއިރު ހަމަ ވަނީ ފިދަނަޔަކަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 24, 2024, 02:33 AM
މާލެ ސިޓީ

ވެރިކަމުގައި ހުންނައިރު އާރާ ބާރާ އޮތް ނަމަވެސް އެވެރިކަމެއް ނިމިގެންދާއިރު އެ ބާރުވެސް ކެނޑިގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ހަނދާން އައުކޮށްދެއްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ، ޗެނަލް13 އުވާލުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޗެނަލްއިން ދެއްކި "ބެލްކަނީ" ޑޮކިއުމަންޓްރީއަށް ފަހު ސަރުކާރުގެ ތެރެއިން ސިޔާސީ ފަރާތްތަކުން އެ ޗެނަލް އުވާލުމަށް އިކޮނޮމިކު މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ފަށާ އަދި އެ ޗެނަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނާސިފު މެދުވެރިކޮށް ބްރޮޑްކޮމްއަށް ސިޓި ފޮނުވައިގެން ކުރި މަސައްކަތަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ބެލްކަނީއިން ޗެނަލް 13 ވައްޓާލަން އުޅުއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އަނެއްކާ އަޅުއްވާ ޅައެއްޗެއް ކަމަށެވެ.

އެގޮތުން މަޢުލޫމާތު ހިފަހައްޓައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެ ހިނގައްޖެކަމަށް ވިދާޅުވެ މަލީހު ވަނީ ކޮންމެ ބޭފުޅަކުވެސް ވެރިކަމުގައި ހުންނަ ދެ ދަންފަޅީގައި ތިމަންނަޔަކީ ސިންގާއެއްކަމަށް ހީވިޔަސް ބާރުދާއިރު ހަމަ ވަނީ ފިދަނަޔަކަށް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved