February 28, 2026
Advertisement
ސްޕޯޓްސް މިނިސްޓްރީއަށް އައްޔަނު ކުރި ސިޔާސީ މުވައްޒަފު
ސްޕޯޓްސް މިނިސްޓްރީއަށް އައްޔަނު ކުރި ސިޔާސީ މުވައްޒަފު / ފޭސްބުކް

ޚަރަދު ކުޑަކުރުމުގެ ބަދަލުގައި އަނެއްކާވެސް ސިޔާސީ މުވައްޒަފެއް އައްޔަންކޮށްފި

Aishath Naja
އައިޝަތު ނަޖާ
Oct 25, 2024, 12:34 AM
މާލެ ސިޓީ

ޚަރަދުކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވައުދުވުމަށްފަހު، ރައީސް މުހައްމަދު މުއިއްޒު ސްޕޯޓްސް މިނިސްޓްރީއަށް ސިޔާސީ މުވައްޒަފެއް އައްޔަން ކުރައްވައިފި އެވެ.

Advertisement

ރައީސް މުއިއްޒުއަށް ގާނޫނު އަސާސީގެ 115 މާއްދާއިން ލިބިދޭ ބާރުގެ ދަށުން އަންގާރަ ދުވަހު ސްޕޯޓްސް މިނިސްޓްރީއަށް އައްޔަނު ކުރެއްވީ ޔޫތު އެސޯސިއޭޓްގެ މަގާމަށް ޝަހީބު އަހުމަދު އެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވިކަމަށް ބުނެ ރައީސް އޮފީހުން ފޮނުވައިފާ ސިޓީ "ތޭރަ އޮންލައިން" އަށް ވަނީ ލިބިފައެވެ.

ޝަހީބް މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން
ޝަހީބް މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން

އޮކްޓޯބަރު 15 ވަނަ ދުވަހު ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކި ކުރައްވާނެކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވިއެވެ. އެ މުވައްޒަފުން ވަކި ކުރުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން،43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ފަހަނައަޅާ ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved