ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ސަރުކާރު ފެށީވެސް ކޮރަޕްޝަނުން ކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ ޖަމީލު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަމުން ނަމަވެސް ވެރިކަމަށް އައިސް އެ މައްސަލަ ނުބަލާ ކަމަށެވެ. އަދި މިހާރު ފެންނަމުންދަނި ކުރީ ސަރުކާރުން ނުނެއްޓި މި ސަރުކާރު އުޒުރު ދައްކަމުންދާ މަންޒަރު ކަމަށެވެ.
ޑރ. ޖަމީލު ވިދާލުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް ރައީސް މުއިއްޒު ގެންދަނީ ކޮރަޕްޝަންގެ ހުތުރު އަމަލުތައް ހިންގަމުން ކަމަށާ އެގޮތުން ސަރުކާރުން ވެރިކަން ފެށީވެސް ކޮރަޕްޝަނުން ކަމަށެވެ.
އެގޮތުން ވަކި ކުންފުންނަކަށް ހުވާ ކުރުމުގެ ރަސްމިއްޔާޓުގެ ހުރިހާ ކަމެއް ހަވާލުކޮށް ރައީސް މުއިއްޒު ހިންގެވީ ކޮރަޕްޝަން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މި ސަރުކާރުން ހިންގަމުންދާ ތަފާތު އެކި ކޮރަޕްޝަންގެ ކަންކަން ޑރ. ޖަމީލުގެ ވާހަަކއިގައި ފާހަގަކުރެއްވިއެވެ.
28 މިލިއަން ރުފިޔާ އިވެންޓު މެނޭޖުކުރާ ވަކި ބަޔަކަށް ދީގެން އެ ފައިސާ ނެގިގޮތް ވެސް ދިވެހި ރައްޔިތުންނަށް އެނގޭ. މުލިއާގެ މަރާމާތު ކުރުމުގެ ނަމުގައި ހިންގިީ ކޮރަޕްޝަން. އިގްތިސޯދީ ކާރިސާއެއްގައި ގައުމު އޮއްވާ ޓައް ކިޔާފަ ތުރުކީއަށް ގޮއްސަ ގަތް ޑްރޯންތަކާ. 500 މިލިއަން ދުއްވާލީ. ދުނިޔޭގެ ކޮރަޕްޝަން ހިންގާ މެތޮޑާ ޑިޒައިނަށް ބަލާއިރު މިޔަށް ކިޔާނެ ދެވަނަ ނަމެއް ނެތް.
މީގެ އިތުރުން މެމްބަރުންނަށް ބަހަމުންދާ ފައިސާއާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ކުއްޔަށް ހިފަމުންދާ އެތައް ބުރީގެ އިމާރާތްތަކާއި ޓީވީ ސްޓޭޝަންތައް ހިންގާ ތަންތަނަށް ދޭ ފައިސާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް އިންތިޚާބާ ދިމާކޮށް ރަސްމާލެ ހިއްކުމުގެ ނަމުގައި ރާޖޫއަށް 70 އެތަކެއް މިލިއަން އަދި ހުޅުމާލޭ ބިން ދިނުން ވެސް ކޮރަޕްޝަންގެ ތެރޭގައި ހިމެނޭކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.