ހުއްޓުވާފައި ހުރި ފްލެޓުތައް ދޫކުރުމުގެ ހުއްދަދީފިއެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ކަނޑައެޅި ގޮތާއިމެދު އޭސީސީން ބަލަން ފަށާފައިވާ މައްސަލަ ބަލާ ނިންމިފައިވާކަން ހާމަކޮށް އެ ކޮމިޝަނުން ބުނީ ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމަށް ވަނީ އަންގާފައެެވެ. މުރާޖައާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
އިންޑިއާއިން ނަގާފައި ހުރި ދަރަނި އިތުރުކުރަން ފުރުސަތުދީ ކުރި ސަރުކާރުން އެގައުމުގެ އަތުން ލޯނެއްގެ ދަށުން، ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން އަންނަ ފްލެޓްތަކުގެ ބައެއް އިމާރާތްތައް މިހާރު ހުރީ ނިމުމަކާ ގާތްވެފައެވެ.
މިދިޔަ ފަސް އަހަރު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވި އޭސީސީން މި މައްސަލަ ބަލާތާ ކިތަންމެ ދުވަހެެކެވެ. މައްސަލަ ނުނިމި ދިގުލައިގެން ދާތީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޭސީސީ އަށް ވަދެ އިހުތިޖާޖު ކޮށްފައެވެ.