April 12, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

މަލީހް ރައީސް މުއިއްޒަށް: ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމްގެ އާންމު މެމްބަރުން ޕީއެންސީއަށް ވެއްދުން ހުއްޓާލާ!

Aishath Naja
އައިޝަތު ނަޖާ
Oct 26, 2024, 08:02 PM
މާލެ ސިޓީ

ވަޒީފާގެ ބިރު ދައްކާ ޕީއެންސީއަށް ޕީޕީއެމްގެ އާންމު މެމްބަރުން ވައްދަމުން ގެންދާތީ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކޮންގްރެސް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަށް މާލެސިޓީގައި މިއަދު ކުރިޔަށް ގެންދެވޭ ހަރަކާތުގެ ތެރެއިން ޕީޕީއެމްގެ އާންމު މެމްބަރުން ޕީއެންސީއަށް ވައްދަން ތިޔަ ކުރައްވަނީ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލެއް ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕީޕީއެމްގެ މެމްބަރުން ގަދަބާރުން ޕީއެންސީއެއް ވެއްދުމުގެ ނަތީއްޖާއަކަށް ވާނީ ސިއްރު ވޯޓުގައި ރައީސް މުއިއްޒަށް ވޯޓް އެ ފަރާތްތަކުން ނުލުންކަމަށް ވިދާޅުވެ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަލީހް އިތުރަށް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން ގިނަ ކުރުމަށް ރައީސް މުއިއްޒު މަސައްކަތްކުރަނީ ޕާޓީތަކަށް ދޭ ފައިސާގެ ދަހިވެތިކަމުގައިކަމަށެވެ. މަލީހް ވަނީ ރައީސް މުއިއްޒުގެ އެ އަމަލުފުޅަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved