March 23, 2026
Advertisement
ރާއްޖެ ސަރަހައްދަށް ވަން އިންޑިއާ ގެ އުޅަނދު
ރާއްޖެ ސަރަހައްދަށް ވަން އިންޑިއާ ގެ އުޅަނދު / ސޯޝަލް މީޑިއާ

އިންޑިއާގެ އަސްކަރީ 2 އުޅަނދެއް ރާއްޖޭގެ އީއީޒެޑްއަށް ވަން މައްސަލަ ތަހުގީގު ކުރަނީ

Fathmath Reem
ފާތުމަތު ރީމް
Feb 2, 2024, 04:55 PM
މާލެ ސިޓީ

އިންޑިއާގެ އަސްކަރީ ދެ އުޅަނދެއް ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނި ފަހަރަށް އިންޑިއާ ސިފައިން އެރި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

Advertisement

ބުދަ ދުވަހު އިންޑިއާގެ ދެ އުޅަނދެއް ރާއްޖޭގެ އިގްތިސާދީ ހާއްސާ ސަރަހައްދުގެ ތެރެއަށް ވަނީ ވަދެފައެވެ. އަދި އެ އުޅަނދުތަކުގައި ތިބި ސިފައިން ވަނީ ދިވެހި 3 މަސްދޯންޏަކަށް އަރައި ފަޅުވެރިންނާ ސުވާލުކޮށް ބިރުދައްކާފައެވެ.

އިންޑިއާ ސިފައިން ދިވެހި މަސްދޯންޏަށް އަރާފައިވަނީ ރާއްޖޭގެ އުތުރުގެ އިގްތިސާދީ ހާއްސާ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދަަށް އިންޑިއާގެ އުޅަދުތައް ވަނީ ދިވެހި ސަރުކާރަށް އަންގައި ހުއްދަ ހޯދައިގެންނެއް ނޫން ކަން ވެސް ފާހަކޮށްލެވެއެވެ.

ސަރުކާރުގެ އޮފިޝަލަކާ ހަވާލާ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަން މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved