މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހި އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން ހަވީރު 17:00 ހަމައަށެވެ.