April 6, 2026
Advertisement
ރައީސްގެ އަނބިކަނބަލުން ސާޖިދާ
ރައީސްގެ އަނބިކަނބަލުން ސާޖިދާ / ރައީސް އޮފިސް

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އެޅުއްވުމަށްފަހު ފަސްޓް ލޭޑީ ޓެންޒެނިޔާއަށް

Aishath Naja
އައިޝަތު ނަޖާ
Oct 28, 2024, 05:29 PM
މާލެ ސިޓީ

ހަރަދު ކުޑަކުރަން ފިޔަވަޅުތަމެއް އަޅަން ނިންމާފައި ވަނިކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޓެންޒެނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފި އެވެ.

Advertisement

ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން ރައީސުންގެ އަނބިއަނބި ކަނބަލުން ރަސްމީ ދަތުރުފުޅުތަކުގައި ގައުމުން ބޭރުގެ ރަސްމިއްޔާތުތަކަށް ވަޑައިގަތުމަކީ މީގެ ކުރިން ކޮށް އުޅުނު ކަމެއް ނޫނެވެ. އަދި ރައީސްގެ އަނބިކަނބަލަކީ ރަސްމީ އެއްވެސް ހައިސިއްޔަތެއް އޮންނަ މީހެއް ވެސް ނޫނެވެ. ގާނޫނުން ކުރަން ކަނޑައަޅާފައިވާ ހަރަދު ފިޔަވައި ދައުލަތުގެ ބަޖެޓުން ރަސްމީ އެއްވެސް ކަމަކަށް ހަރަދެއް އޭނާގެ މައްޗަށް ނުކުރެވޭނެ އެވެ.

މިކަމާ ގުޅިގެން އެ ދަތުރުފުޅުގެ ހަރަދުތައް ކަވަރ ކުރާ ފަރާތެއް ހޯދުމަށް "ތޭރަ އޮންލައިން" ގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލު ކުރުމުން ވިދާޅުވީ "ޗެކް ކޮށްލާފަ" ޖަވާބެއް ދެއްވާނެކަމަށެވެ.

ނަމަވެސް އަދި އެކަމާ ގުޅޭ ޖަވާބެއް ދެއްވާފައި ނުވެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެކަމަނާގެ މި ދަތުރުފުޅަކީ މޭކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައި ވެސް ފަސްޓް ލޭޑީ ސާޖިދާ ވާހަކުފުޅުދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved