މަލީހް ޖަމާލް / ތޭރަ އޮންލައިން
ސިޔާސީ
ހުރިހާ ބާރެއް މުށުތެރެއަށް ލާން ރައީސް މުއިއްޒު ހުންނެވީ ފެންބޮވައިގަނެފަ: މަލީހް
Aishath Naja
އައިޝަތު ނަޖާ
29 އޮކްޓޯބަރު 2024
މާލެ ސިޓީ

މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރަން ރައީސަށް ބާރުދޭން މަޖިލީހުން މަސައްކަތް ކުރަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކަމަށް ފެންބޮވައިގެނެފައި ހުރި މިންވަރުންކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށް ރައީސް މުއިއްޒު އެވަނީ ފެން ބޮވައިގެންފަކަން ސާފުކަމަށެވެ.

އޭސީސީ އަދި އީސީގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ދިނުމަށް މަޖިލީހުން ގޮވާލީމަ މަލީހް ވިދާޅުވީ މަޖިލިސް މެމްބަރުންނަށް އޮންނަ މިފަދަ ބާރުތައް ދޫކޮށްލީމަ އެންމެ ފުރަތަމަ އައިސް ވާގަނޑު މޮހާލާނީ މަޖިލިސް މެމްބަރުންގެ ކަރުގައިކަމަށެވެ.

އޭގެ ބަދަލުގައި ރައީސް މުއިއްޒަށް އަޅުވެތި ނުވެ ބުއްދި އިސްކުރަން މަޖިލިސް މެމްބަރުންނަށް މަލީހް ވަނީ ގޮވާލާފައެެވެ.

އީސީ އަދި އޭސީސީ އަކީ މިނިވަން ދެ މުއައްސަސާއެވެ. މި ދެ މުއައްސަސާއަށް ރައީސަށް ނުފޫޒު ފޯރުވޭ ގޮތް ހަދައިފި ނަމަ އެ ދެވެނީ ޑިމޮކްރަސީގައި ފަހަތަށްކަމަށް ބުނެ އާންމުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved