March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ އަސްކަރީ ބަޖެޓް 200 އިންސައްތަ އިތުރުކުރަން ނިންމައިފި

Aminath Zara
އައިމިނަތު ޒާރާ
Oct 30, 2024, 04:10 AM
މާލެ ސިޓީ

ޣައްޒާ އާއި ލުބްނާނަށް ސަހްޔޫނީންގެ އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އީރާނުގެ އަސްކަރީ ބަޖެޓް ތިން ގުނަ އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

Advertisement

ދިފާއީ ބަޖެޓް ބޮޑުކުރަން ރާވާފައި ވަނީ ސަރުކާރުން ރުހުން ހޯދުމަށް ޕާލަމެންޓަށް ހުށަހެޅި ހުށަހެޅުމުގެ ތެރެއިން ކަމަށް ސަރުކާރުގެ ތަރުޖަމާނު ފަތޭމެހް މުހާޖެރާނީ ވިދާޅުވި އެވެ.

ހުށަހެޅުއްވި ބަޖެޓަށް ބަހުސް ކުރުމަށް ހަމަޖެހިފައިވާއިރު، 2025 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބަޖެޓް ފައިނަލް ކުރާނެ ކަމަށް ބެލެވެއެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު އީރާނުން އެގައުމުގެ އަސްކަރިއްޔާއަށް ކުރި ޚަރަދަކީ 6.85 ބިލިއަން ޑޮލަރެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ އިލާމް، ޚުޒެސްތާން އަދި ތެހެރާންގެ ގާތްގަނޑަކަށް 20 ތަނަކަށް އެތައް ގަޑިއިރެއްވަންދެން ހަމަލާދީ ހަތަރު ސިފައިން ޝަހީދުކޮށްލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved