March 23, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒު ހިޔާރު ކުރެއްވީ ހުދުމުހުތާރު މަގު: މަލީހް

Aishath Naja
އައިޝަތު ނަޖާ
Oct 30, 2024, 06:31 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަން ކުރަން ހިޔާރު ކުރެއްވީ ހުދުމުހުތާރު މަގުކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެެއްޖެ އެވެ.

Advertisement

މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ނޫޅޭކަމަށް ވިދާޅުވެ ރައީސް މުއިއްޒު ޑިފެންސަށް ކުޅުއްވި އެކްސް ޕޯސްޓް ޝެއަރ ކުރައްވަމުން މަލީހް ވިދާޅުވީ "ޑރ ކައްޒާބޭ" ރައްޔިތުން ކިޔަނީ މިހެންވެކަމަށާ، ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލެވޭނެކަމަށް ރައީސް މުއިއްޒަށް ހީވަންޏާ އެއީ ކުށްހީއެއްކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް މަޖިލީހުގައި ސަރުކާރުގެ މެމްބަރުން ގޮވާލުމުން ވެސް ދޭހަވަނީ ބާރުތައް ހޯދަން ރައީސް މުއިއްޒު ހުންނެވީ ކެތް މަދުވެފައިކަމަށް ވެސް މަލީހް ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

މަލީހް އިތުރަށް ވިދާޅުވީ ވެރިކަން ކުރުމަށް ރައީސް މުއިއްޒު ހިޔާރު ކުރެއްވީ ހުދުމުހުތާރު މަގު ކަމަށާއި އެހެންކަމުން ދެން ރަނގަޅުވާނީ ވެރިކަމުން ފޭބުންކަމަށެވެ.

މަލީހްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒު ޑިފެންސަށް ކުޅުމުން ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved