February 21, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ގައުމު ހިންގޭނީ އާމްދަނީ ލިބޭނެ ފަދަ މަޝްރޫއުތައް ހިންގައިގެން: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Nov 1, 2024, 06:47 AM
މާލެ ސިޓީ

ގައުމެއް ރަނގަޅުގޮތުގައި ހިންގޭނީ ދައުލަތަށް އާމްދަނީ ވަންނަ ފަދަ މަޝްރޫއުތައް ހިންގައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގެ އޯޑިއަންސްގަ އިންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ގައުމު މިވަނީ މިއަދު މިފަދަ މަޝްރޫއުތަކަށް ބޭނުން ޖެހިފައި ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން މަޝްރޫއުތައް ހިންގެވުމަށް 9 ބިލިއަންގެ އަދަދެއް ބަޖެޓުން ފާސްކޮށް، 2 ބިލިއަން ޚަރަދުވީއިރު ބަޖެޓް ޑެފިސިޓަށް ދިޔަ ގޮތް ހާމަކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

މުޅި ރާއްޖެއެކީ ކުރިއަށްމިދަނީ ރާއްޖެއަށް ބޭނުންވާ މިކަހަލަ ބޮޑެތި މަޝްރޫއުތައް ހިނގައިގެން. އާމްދަނީ ލިބޭނެ މަޝްރޫއުތައް ހިންގައިގެން. އެހުރިހާ މަޝްރޫއަށް 9 ބިިލިއަން ޖަހާ 2 ބިލިއަން ޚަރަދުކުރި ކަމަށް ވަނީ. އެކަމް މުޅި ދައުލަތުގެ ބަޖެޓް ޑެފިސިޓް ވެގެން ހިނގައްޖެ އިގޭތޯ

ރައީސް ޔާމީން ވިދާޅުވިއެވެ.

ބަޖެޓް 22 މިލިއަން ޑެފިސިޓް ވެފައިވާ ކަމަށް ފާހަގަކުރައްވާ ރައީށް ޔާމީން ވިދާޅުވީ 11 ގުނަ ޑެފިސިޓް އިތުރުވީ ދައުލަތަށް ނޭގިތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ނުވަތަ މިއީ މި ސަރުކާރުން ހިންގާފައިވާ ޖަރީމާއެއްތޯވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ބަޖެޓަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެ ބިލު ފާސްވެގެން ކަމަށް ވިދާޅުވެފައިވާއިރު 9 ބިލިއަނުން 2 ބިިލިއަން ޚަރަދުކޮށް ބާކީ ހަތް ބިލިއަން ވީގޮތެއް އިނގޭ މެންބަރަކުވެސް ނެތް ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ސިފަކޮށްފައެވެ.

ބަޖެޓުގެ ހިސާބުތައް ސިއްރުކުރީ މިފަދަ އޮޅުން ބޮޅުންތައް ހުރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved