April 4, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފްލެޓްތައް ނުދީ ލަސްކުރަމުންދާތީ ހައިދަރުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Nov 5, 2024, 06:53 PM
މާލެ ސިޓީ

ފްލެޓްތައް ނުދީ ލަސްކުރަމުންދާ މައްސަލައިގައި ހައުސިންގ މިނިސްޓަރ އަލީ ހައިދަރުގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިފް ރޭ ކުރިއަށް ގެންދިޔަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގައި ފްލެޓްތަކަށް ހުޅުވާލާ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފްލެޓްތައް ލިބެންޖެހޭ މީހުންނަށް ލިޔުންދީފައިވާ ކަމަށާއި މިއަދު ވެރިކަމަށް ހުވާ ކުރައްވާ މި ސަރުކާރުން އެ ފްލެޓްތައް ނުދީ ލަސްކުރަމުންދަނީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި މިއީ ސަރުކާރަކާ ގެދޮރު ނުވަތަ ފްލެޓް ލިބުނު މީހުންނާއި ދެމެދު ވެފައިވާ އަހުދެއް ކަމަށާއި އެހެން ސަރުކާރަކުން އައިސް އިތުރަށް މީގައި ބަލަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެއީ ގެދޮރު ލިބުނު މީހުންނާއި ސަރުކާރަކާއި ދެމެދު ވެފައިވާ އެގްރީމެންޓެއް. އަހުދެއް. ދެން އެހެން ސަރުކާރަކުން އައިސް އިތުރަށް ބަލަނީ އޭ ކިޔާފައި ހައިދަރު މި ކުރައްވަނީ ކީއްތޯ

ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަކާއި އެކުގައި އޮންނަ އެގްރީމެންޓްއަކީ ބައިންޑިންގ އެގްރީމެންޓްއެއް ކަމަށާއި އޭސީސީ އަކުންވެސް މި އެގްރީމަންޓް ބާތިލު ކުރަންޖެހޭ އެއްވެސް ވާހަކައެއްވެސް މިހާތަނަށް ދައްކާފައި ނުވާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރަކުން ދީފައި ހުރި މި ފްލެޓްތައް އޭގެ ހައްގުވެރިންނާއި މެދު މިނިސްޓަރ ހައިދަރު އިހުމާލުވަމުންދާތީ ހައިދަރުގެ މައްޗަށް ތަހުގީގު ހިންގުމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved