March 20, 2026
Advertisement
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި / އެޑިޝަން.އެމްވީ

މަޖިލީސް އިންތިހާބުގެ ކެންޑިޑޭޓުންގެ ފޮޓޯ އަދި ލޯގޯ ވޯޓު ކަރުދާހުގައި ޖަހަނީ

Aishath Naja
އައިޝަތު ނަޖާ
Feb 3, 2024, 05:18 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

Advertisement

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި، ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް، މިދިޔަ ހަފްތާ އީސީން ނިންމާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ލޯގޯ އަކަށް ވާނީ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ ކަމަށެވެ.

އަދި އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް، އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯ އެއް ބޭނުން ކުރެވޭނެ ކަމަށް ހަބީބް ފާހަގަކުރައްވައިފައިވެއެވެ.

އޭގެއިތުރުންވެސް ހަބީބް ވިދާޅުވީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯ އެއް އަނެއް ކެންޑިޑޭޓަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.

އީސީން ނިންމާފައި ވަނީ މާރިޗް 17 ވަނަ ދުވަހު މަޖިލީސް އިންތިހާބު ބޭއްވުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved