އެމެރިކާގެ ރިޔާސީ އިންތިހާބު ޑޮނާލްޑް ޓްރަންޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ޓިކެޓު ބާތިލު ކުރި ކުރުމާ ގުޅިގެން އެމަނިފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ވަރުގަދަ ސުވާލުތަކެއް، ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރަށް އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލު ނުރުހުމާ އެކު އެ ސުވާލުތައް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު އެމެރިކާގައި ރައީސް ޓްރަޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، 2023 ގައި ރާއްޖޭގެ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް/ޕީއެންސީގެ ރަސްމީ ޓިކެޓް ސުޕްރީމް ކޯޓުން ބާތިލްކުރީ ދަށު ކޯޓުގެ ޙުކުމެއް އޮތުމުންކަމަށެވެ. އެގޮތުން އެ ދުވަހު މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްޑާ އަމަލުކުރެއްވި ހަނދާނަށް ގެންނަވާ ޑރ ޖަމީލު ވަނީ ފަނޑިޔާރު މަލާމާތުގެ ރާގަކަށް ވިދާޅުވީ ވެރިކަން ކުރާނީ ޖަލުގައި އޮވެގެންތޯކަން ފާހަގަކުރެއްވާފައެވެ.
އެ ދުވަހު ޖުޑިޝަރީއިން ކޯޓުގެ ތެރޭގައި އިސްތިއުނާފު ތާށިކޮށް ފުރުސަތު ގެެއްލުވާލިއިރު، ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން މިއަދު އެމަނިކުފާނުގެ ކުށެއް ނެތްކަން ސާބިތު ވުމުން ގެއްލުނު ޙައްގު އިޢާދަކޮށްދޭނީ ކިހިނެތްތޯ ޑރ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.
މިއަދު އެމެރިކާގައި ރައީސް ޓްރަޕް ދެވަނަ ދައުރަކަށް އެހޮވިވަޑައިގަތީ!
— Mohamed Jameel Ahmed (@MJameelAhmed) November 6, 2024
2023 ގައި ރާއްޖޭގެ އިންތިޚާބުގައި ރ. ޔާމީނުގެ ޕީޕީއެމް/ޕީއެންސީގެ ރަސްމީ ޓިކެޓް ސުޕްރީމް ކޯޓުން ބާތިލްކުރީ ދަށުކޯޓްގެ ޙުކުމެއް އޮތުމުން.
ފަނޑިޔާރު މަލާމާތުގެ ރާގަކަށް ވިދާޅުވީ ވެރިކަން ކުރާނީ ޖަލުގައި… pic.twitter.com/8ql3PBGMj5
މީގެ އިތުރުން ރާއްޖެ ދުސްތޫރީ ގޮތުން މޮޑެލަކަށް ބެލި އެމެރިކާގައި، ކުށެއް ދަށު ކޯޓުން ސާބިތުވެފައިވާއިރުވެސް އިންތިޚާބުގައި ވާދަ ކުރުމުގެ ޙައްގު ނުގެއްލޭކަމަށް ކަނޑައެޅީ ގޯސްކޮށްތޯ ވެސް ސުވާލު އުފައްދަވާ ޑރ ޖަމީލު ވަނީ ރައީސް ޔާމީންގެ ރިޔާސީ ޓިކެޓު ސުޕްރީމު ކޯޓުން ބާޔިލު ކުރީ ރާއްޖޭގެ ޖުޑިޝިއަރީ ފަހަތަށް ފިޔަވަޅެެއް އަޅައި ސިޔާސީ ނުފޫޒުގައި ދުސްތޫރީ ގޮތުން ބޮޑު ގޯސް ނިންމުމެއް ނިންމައިގެންތޯވެސް ސުވާލު އުފައްދަވާފައެވެ.
ހަމައެހެންމެ މިއަދުވެސް ސާބިތު މިވީ މިނިވަން ޖުޑިޝަރީއެއް ރާއްޖޭގައި ނެތްކަން ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި ޑރ ޖަމީލުގެ މި ޕޯސްޓުގައި ފާދުވިދާޅުވެފައި އެވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު ކުރެއްވި ސުވާލަކަށް އަމާޒުކުރައްވާއެވެ. އެގޮތުން އަޒްމިރަލްޑާ ވަނީ ރައީސް ޔާމީންގެ މައްސަލައެއް ބަލަމުންދަނިކޮށް ނުވަތަ ދަށު ކޯޓުގައި މައްސަލައެއް ހިނގަމުން ދަނިކޮށް އިންތިޚާބުގައި ވާދަކޮށް ކާމިޔާބުވެ ވެރިކަމުގައި ހުންނަވަނިކޮށް ހުކުމެއް އައިސްފި ނަމަ ގައުމު ހިންގާނީ ކާކުތޯ ސުވާލުކުރެއްވި ކުރެއްވުމަށެވެ.